ރާއްޖެ މަހަށް އިނގިރޭސިން ޑިއުޓީ ކަނޑަން އުޅެނީ މިހެންވެ

Thu, 08 Jun 2023 08:18 PM

View on this article on Kaafu Online

ރާއްޖެ މަހަށް އިނގިރޭސިން ޑިއުޓީ ކަނޑަން އުޅެނީ މިހެންވެ

އިނގިރޭސިވިލާތުގައި މި އަހަރު ފެށުނީއްސުރެ ތަރުކާރީގެ އަގު ވަނީ 70 ޕަސެންޓަށް އިތުރުވެފައެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި އަހަރު ފެށުނީއްސުރެ އާފަލުގެ އަގު 60 ޕަސެންޓު އަދި ކަރާގެ އަގު 37.5 ޕަސެންޓް އިތުރުވެފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ސަޕްލައި ޗޭންތަކަށް އަސަރުކޮށްފައިވާއިރު، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޒައިތޫނި ތެލުގެ އަގު ވެސ ވަނީ 46.4 ޕަސެންޓް މައްޗަށް ގޮސްފައެވެ. އަދި ހަކުރުގެ އަގު ވަނީ 46.4 ޕަސެންޓް މައްޗަށް ގޮސްފައެވެ.



އިނގިރޭސިވިލާތުގެ ތަފާސްހިސާބު ބިއުރޯއިން ބުނާ ގޮތުގައި 12 މަސް ދުވަހުގެ ތެރޭގައި ބިހުގެ އަގު ވެސް 37 ޕަސެންޓަށް އަދި ފުށުގެ އަގު 30 ޕަސެންޓަށް އިތުރުވެފައިވެއެވެ.



More from Kaafu Online