އެމެރިކާގެ މަނަވަރަކާ ޗައިނާގެ މަނަވަރެއް މުޑިއަރަން އުޅެފި

Mon, 05 Jun 2023 06:46 AM

View on this article on Kaafu Online

އެމެރިކާގެ މަނަވަރަކާ ޗައިނާގެ މަނަވަރެއް މުޑިއަރަން އުޅެފި

ޓައިވާން ކަނޑު އޮޅިން ދަތުރުކުރި ޗައިނާގެ ހަނގުރާމަ މަތީ މަނަވަރެއް އެމެރިކާގެ މަނަވަރަކާ 500 ފޫޓު ދުރުން ދަތުރުކުރުމުން އެމެރިކާއިން ޗައިނާއަށް ފާޑު ކިޔައިފިއެވެ. އެމެރުކާގެ މަސްއޫލުވެރިން ވިދާޅުވަނީ ޗައިނާގެ މަނަވަރުގެ އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.



އެމެރިކާ އާއި ކެނެޑާގެ ކަނޑިގެ ސިފައިން ވަނީ ހޮނިހިރު ދުވަހު، ގުޅިގެން ޓައިވާން ކަނޑު އޮޅީގައި އަސްކަރީ ތަމްރީނެއް ބާއްވާފައެވެ.

ޗައިނާގެ މަނަވަރު ވަނީ އެމެރިކާގެ ގައިޑްޑް މިސައިލް ޑިސްޓްރޯޔަރ ޗަންގް-ހޫންއާ މުޑި އަރާ ގޮތަކަށް އޭގެ ކުރިމަތިން ދަތުރު ކޮށްފައެވެ. އަދި ދެ މަނަވަރު ޖެހިދާނެތޯ އެމެރިކާ މަނަވަރަށް ކުއްލިއަކަށް ސްޕީޑް ދަށްކޮށް މަޑުޖައްސާލަން މަޖުބޫރުވި ކަމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން ނެރުނު ބަޔާނުގައިވެ އެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ ބާޣީ ސަރަހައްދެކެވެ. އަދި އެތަން ހިފައި ޗައިނާ އެއްބައިވަންތަ ކުރުމަކީ ޗައިނާގެ އަމާޒެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޗައިނާއިން ޓައިވާނަށް އަރައިގަނެފިނަމަ ޓައިވާން ދިފާއުކުރާނެ ކަމަށް ވިދާޅުވެފައެވެ.



More from Kaafu Online