އެމެރިކާގެ ވެރިރަށް މަތިން ހަނގުރާމަ މަތީ ބޯޓުތައް ދުއްވައި ނުތަނަސް ކަމެއްގައި

Mon, 05 Jun 2023 06:27 AM

View on this article on Kaafu Online

އެމެރިކާގެ ވެރިރަށް މަތިން ހަނގުރާމަ މަތީ ބޯޓުތައް ދުއްވައި ނުތަނަސް ކަމެއްގައި

އެމެރިކާގެ ވެރިރަށް މަތިން އުދުހުނު މަތިންދާބޯޓެއް ފަހައި އެފް 16ގެ ފައިޓާޖެޓްތައް ދުއްވައިފިއެވެ. މި ބޯޓާ ގުޅަން އުޅެ އުޅެ ޚަބަރެއް ނުވުމުން ފައިޓާ ޖެޓްތައް އޭގެ ފަހަތުން ދުއްވިފަހުން އެ ބޯޓްވަނީ ވާޖީނިއާ ސަރަހައްދަށް ވެއްޓިފައެވެ.



އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެފް-16 ގެ މަތިންދާބޯޓު ތަކުން އެ މަތިންދާބޯޓު ވައްޓާލާފައި ނުވާ ކަމަށެވެ. ރާއްކާތެރި ނޫން ގޮތްގޮތަށް އުދުހޭ ބޯޓުތަކާ މުވާސަލާތު ކުރުމަކީ، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އާންމުކޮށް ކުރާ ކަމެކެވެ.

އުތުރު އެމެރިކާގެ އެއަރޮސްޕޭސް ކޮމާންޑް ރީޖަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފް-16 ގެ ޖެޓްފައިޓާތަކުންވެސް އެބޯޓާ ގުޅަން އުޅުމުން ޖަވާބެއްދީފައި ނުވާ ކަމަށެވެ.

އެމެރިކާގެ އެފް-16 ޖެޓްތަކަކީ އަޑަށް ވުރެން ބާރަށް ދަތުރުކުރާ ބޯޓުތަކެއް ކަމުން އެފް16ގެ ބޯޓުތައް ވޮޝިންޓަން މަތިން އުދުހެން ފެށުމުން މުޅި ސަރަހައްދުން ބާރުގަދަ އަޑުތަކެއް އިވިގެން ގޮސް މީހުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނެވެ.

ވޮޝިންޓަން މަތިން ދުއްވި މި ބޯޓަކީ، ސެސްނާ 560 ސައިޓޭޝަން ވީ ނަމަކަށް ކިޔާ މަދަނީ މަތިންދާބޯޓެކެވެ. އެ ބޯޓަށް ހުރަސް އެޅުމުން ހަވީރު 3:20 ހާއިރު ވާޖިނިއާގެ ޖޯޖް ވޮޝިންޓަން ނޭޝަނަލް ފޮރެސްޓް ކައިރިއަށް އެ ބޯޓު ވެއްޓިފައި ވެއެވެ.

އެ ބޯޓުގައި 4 މީހުން ދަތުރުކުރި ކަމަށްވެއެވެ. ބޯޓު ވެއްޓުނު ސަރަހައްދު ހީދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާއާއެކު، އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ކުއްލިހާލަތަކަށް ގެނަސް ސަލާމަތީ ފިޔަވަޅު އިރުކޮޅަކަށް ވަރުގަދަ ކުރެވުނެވެ. އަދި މިކަމެއް ހިނގި އިރު ދާދި އިހައް ދުވަހު ސްޓޭޖު މައްޗަށް ވެއްޓިވަޑައިގަތް އެމެރިކާގެ ރައީސް ހުންނެވީ އެންޑްރޫ އެއާފޯސް ބޭސް ކައިރީގައި ގޮލްފް ކުޅުއްވަން ކަމަށްވެއެވެ.



More from Kaafu Online