އިންޑިއާގެ ރޭލު އެކްސިޑެންޓް ފޮޓޯއިން

Mon, 05 Jun 2023 06:37 AM

View on this article on Kaafu Online

އިންޑިއާގެ ރޭލު އެކްސިޑެންޓް ފޮޓޯއިން

އިންޑިއާގައި ހިނގި ރޭލު ހާދިސާއަށްފަހު 50 ގަޑީގެ މަސައްކަތަށް ފަހު ރޭލު މަގު ސާފުކޮށް، ދަތުރުތައް އަލުން ފަށައިފިއެވެ. އޮރިއްސާ ސްޓޭޓްގައި ދެ ރޭލެއް މުޑިއަރައިގެން ހިނގާފައިވާ މި ހާދިސާގައި 275 މީހުން މަރުވެފައި ވެއެވެ.



އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ރޭލު ދަނގަނޑު މަތިން ވެއްޓިފައިވާ ރޭލުގެ ބައިތައް ނަގައި ސާފު ކުރެވުނީ 1000 މީހުން 50 ގަޑި އިރު މަސައްކަތް ކޮށްގެންނެވެ.

ރޭލުގެ 21 ބޫގީ ދަނގަނޑު މައްޗަށް ވެއްޓި ބަންދުވުމަށްފަހު ރޭލު މަގު ހުޅުވާލެވުނު ތަނާ ހިނދުކޮޅެއްގެ ތެރޭގައި މުދާ އުފުލާ 3 ރޭލު ވަނީ އެސަރަހައްދުން ހުރަސްކޮށްފައި ކަމަށް ރޭލްވޭ މިނިސްޓްރީން ބުނެއެވެ.

 



More from Kaafu Online