ޑޮކްޓަރަކަށް ހެދިގެން އުޅުނު މެކޭނިކެއް ހައްޔަރުކޮށްފި

Sun, 04 Jun 2023 10:37 PM

View on this article on Kaafu Online

ޑޮކްޓަރަކަށް ހެދިގެން އުޅުނު މެކޭނިކެއް ހައްޔަރުކޮށްފި

ޑޮކްޓަރަކަށް ހެދިގެން އުޅުނު ކާރު މެކޭނިކެއް އިރާގްގައި ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ ބަޣުދާދުގެ ޓީޗިން ހޮސްޕިޓަލެއްގައި އޭނާ ޑޮކްޓަރަކަށް ހެދިގެން އުޅެނިކޮށް އެ ހޮސްޕިޓަލްގެ ޑިރެކްޓަރ އޭނާގެ ޑޮކްޓަރު ކަމުގެ އައިޑީ ކާޑު ދެއްކުމަށް އެދުމުން އެކަމަށް އިންކާރު ކުރުމާ ގުޅިގެންނެވެ.



ގިނަ އަރަބި ޤައުމުތަކެކޭ އެއްފަދައިން، އިރާގުގައިވެސް މެޑިސިން ކިޔެވުމަށް 5 އަހަރަށްވުރެ ގިނަ ދުވަސް ނަގައެވެ. އަދި އޭގެ ފަހުން ޑޮކްޓަރެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ލައިސަންސް ހޯދުމަށް އަހަރުތަކެއް ވަންދެން ތަމްރީނާއި ސްޕެޝަލައިޒޭޝަން ގައި އުޅެން ޖެހެއެވެ.



More from Kaafu Online