ރަނގަޅު އެއަރޕޯޓެއް ނެތުމަކީ އައްޑޫގެ ތަރައްގީއަށް އޮތް ގޮންޖެހުމެއް

Sun, 04 Jun 2023 10:56 PM

View on this article on Kaafu Online

ރަނގަޅު އެއަރޕޯޓެއް ނެތުމަކީ އައްޑޫގެ ތަރައްގީއަށް އޮތް ގޮންޖެހުމެއް

އައްޑޫގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއަރޕޯޓް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު ލިބެން އޮތީވެސް އެއަރޕޯޓް ތަރައްޤީ ކުރެވިގެން ކަމަށާއި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން އެއަރޕޯޓް ތަރައްޤީ ކުރާނެ ފައިސާ ހަމަޖައްސަވައި އެއަރޕޯޓްގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށް ފައްޔާޟު ވިދާޅުވިއެވެ.



ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ މި ދެދުވަހަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައްޔިތުން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔަ ދެދުވަސް ކަމަށެވެ.



More from Kaafu Online