ޚާއްސަ ސްޕޯޓްސް ފިޒިއޯ ކުލިނިކެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި

Sun, 04 Jun 2023 09:25 PM

View on this article on Kaafu Online

ޚާއްސަ ސްޕޯޓްސް ފިޒިއޯ ކުލިނިކެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި

ރާއްޖޭ ކުޅިވަރު ކުޅޭ ކުޅިންތެރިންނަށް ފިޒިއޯތެރަޕީ ލިބޭނެ ޚާއްސަ ސްޕޯޓްސް ފިޒިއޯ ކުލިނިކެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. ކުޅުންތެރިންނާއި މި ދާއިރާގެ އިސްފަރާތްތަކުގެ ހާޒިރުގައި މިކްލިނިކް ހުޅުވައި ދެއްވީ ގައުމީ ޓީމުގެ ޑިފެންޑަރު ޞޮބާހު މުހައްމަދު އެވެ.

"މަގޭ ފިޒިއޯ" ކުލިނިކުގައި ފިޒިއޯތެރަޕީގެ އިތުރުން ކުޅުންތެރިން ބޭނުންވާ އެކިދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުނަށް ދެއްކުމުގެ ޚިދުމަތްވެސް ދޭގޮތަށް ހަމަޖެހިފައި ވެއެވެ.

މަގޭ ފިޒިއޯ ކުލިނިކުން ފިޒިއޯގެ ހުރިހާ ހިދުމަތެއް ލިބޭނެވެ. އޭގެ ތެރޭގައި، އަލްޓަރާ ސޮނިކު ތެރަޕީއާއި އިލެކްޓޯތެރަޕީއާއި ލޭޒާ ތެރަޕީއާއި އޮތޯ ރީހެބްލިޓޭޝަން އަދި ނިއުރޯ ރީހެބްލިޓޭޝަނާއި ސްޕޯޓްސް ރީހެބްލިޓޭޝަންގެ ފަރުދާގެ ޚިދުމަތް ދެވޭނެއެވެ.

މި ޚިދުމަތްތަކުޖގެ އިތުރުން، "މަގޭ ފިޒިއޯ" ކުލިނިކުން ނިއުރޯ ކޮންސަލްޓޭޝަނާއި ސްޕޯޓްސް ކޮންސަލްޓޭޝަނާއި އޯތޯ ކޮންސަލްޓޭޝަންގެ އިތުރުން ޖެނަރަލް ކޮންސަލްޓޭޝަންގެ ޚިދުމްތައް ދޭގޮތަށްވެސް ހަމަޖެހިފައި ވެއެވެ.

"މަގޭ ފިޒިއޯ" ކުލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެދުނު 9:00 އިން ރޭގަޑު 11:00 އަށެވެ.

މި ކްލިނިކް ހުންނާނީ މާފަންނު ނައިން ހައުސް 8 ވަނަ ފަންގިފިލާގައި، ޝަހީދު އަލީ ހިނގުމުގައެވެ.

The post ޚާއްސަ ސްޕޯޓްސް ފިޒިއޯ ކުލިނިކެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި first appeared on ކާފު އޮންލައިން.



More from Kaafu Online