މިއަދު އޮޅުވާލަން ވާހަކަ ދައްކަނީ ފިތުނަ އުފައްދަން: އެމްޕީ އަސްލަމް

Sun, 04 Jun 2023 09:50 PM

View on this article on Kaafu Online

މިއަދު އޮޅުވާލަން ވާހަކަ ދައްކަނީ ފިތުނަ އުފައްދަން: އެމްޕީ އަސްލަމް

ލިބުނު ފުރުސަތުގައި އައްޑޫ ސިޓީ ތަރައްގީ ނުކޮށް ބަހަނާތައް ދައްކައި މިއަދު އޮޅުވާލަން ވާހަކަ ދައްކަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއެވެ.



ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ހާލަތު ބަދަލުކޮށް އައްޑޫ ސިޓީގެ ތަރައްޤީއަށް އިނގިލާބެއް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުކަމަށެވެ.
"އަޅުގަނޑަށް ރައީސްގެ މަސައްކަތް ފެނިފައި އޮތީ ނަމަށް (ކަން ކުރެއްވުމަށް) ވުރެ ބޮޑަށް ކަން އިސްކުރައްވައިގެން ކަންކަން ކުރައްވަން އުޅުއްވާ ތަން. އެހެންކަމުން މި އަދުގެ ތަރައްޤީގެ މަސައްކަތްތަކާއި ކަންކަން ފެނިގެން މިދަނީ." އަސްލަމް ވިދާޅުވިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައި ދެއްވި މަޝްރޫއަކީ، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކުރާ މަޝްރޫއެކެވެ.

މި މަޝްރޫޢަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ސިނާއަތްތައް ކުރިއަރައި، އައްޑޫއަށް އިންގިލާބީ ބަދަލެއް އައިސް، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވެއެވެ.



More from Kaafu Online