އިންސާނުންގެ ސިކުނޑީގައި ކޮމްޕިއުޓަރު ޗިޕް އިންދައިގެން ޓެސްޓްތައް ކުރުމަށް އެމެރިކާގެ އެފްޑީއޭއިން ހުއްދަ ދީފިއެވެ. މަހާ ސާދާގަރު އީލޮން މަސްކުގެ ނިއުރޮން ލިކްއިން ކުރިއަށް ގެންދާ މި ޓެސްޓްތަކަށް ހުއްދަ ދީފައިވާ ކަން އޭނާ ވަނީ އިއުލާން ކޮށްފައެވެ.
މި އައު ހުއްދައާއެކު އަނދިރި މީހުންނާއި އަދި ސިކުނޑީގެ ބައެއް ބައިތަކުގައި މައްސަލަ އުފެދިފައިވާ މީހުންނަށް ކޮމްޕިއުޓާ ޗިޕް އިންދައިގެން އެމީހުންގެ ނުކުޅެދުންތެރިކަން ފިލުވާލެވޭނެއެވެ.
މަސްކުގެ ނިއުރޮން ލިންކްއިން މީގެ ކުރިން ޖަނަވާރުންނަށް ޓެސްޓްތައް ކޮށްފައި ވެއެވެ. މިއީ އިންސާނުންނާއި ކޮމްޕިއުޓަރ ޗިޕްއާ ގުޅުވުމަށް ހުޅުވިގެންދާ މުހިންމު ފުރުސަތެއް ކަމަށް މަސްކު ބުނެއެވެ.
The post އިންސާނާގެ ސިކުނޑީގައި ކޮމްޕިއުޓަރ ޗިޕް އިންދަން ހުއްދަކޮށްފި first appeared on ކާފު އޮންލައިން.