އެމްޑީޕީ ސާފުވުމުން ލާދީނީ ޓެގަށް ވާނީ ކިހިނެއް؟

Thu, 25 May 2023 12:39 PM

View on this article on Kaafu Online

އެމްޑީޕީ ސާފުވުމުން ލާދީނީ ޓެގަށް ވާނީ ކިހިނެއް؟

ރައީސް އަންނި ނަޝީދުގެ ސަޕޯޓަރުން، އެމްޓީޑީގެ ކުލައާއެކު އުފެއްދި އައު ޕާޓީއާ އެކު އެމްޑީޕީން ލާދީނީ ޓެގް ކެނޑޭނެ ހެއްޔެވެ؟ ލާދީނީ ނުވަތަ އިލްމާނިއްޔަތުގެ ވާހަކަ ދެކެވިގެން އައީ އެމްޑީޕީއާއެކުގައެވެ. 20 އަހަރުގެ މާޒީއަށް ބަލާއިރު ލާދީނިއްޔަތު ޓެގް ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގައި ތަތް ކުރެވިފައި އޮތީ އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ވަކި ޖަމާއަތެއްގެ ސަބަބުންނެވެ.

އެމީހުންގެ ބަސްމަގާއި، ދައްކާފައި ހުރި ވާހަކަތަކާއި އަމަލުތަކުގެ ތަސްވީރުތައް މީސްމީޑިއާގައި މިހާރުވެސް ތާޒާކަމާއެކު އަނބުރަމުން ގެންދެއެވެ.

އެއިން އެއް ބޭފުޅަކު އެމްޑީޕީގެ އިސް ސަފުގައި އަދިވެސް ފެންނާން އެބަހުއްޓެވެ.

ލާދީނީ ޓެގް ވަރުގަދައަށް ހިތްޕިފައި ވުމުން، ރުމާލު އެޅުމާއި މިސްކިތު ވަޅުދާނި ތެޅުވުމުންވެސް އެ ޓެގް ފިލައިގެނެއް ނުދެއެވެ.

އެހެންވެ، އައު ޕާޓީ އުފައްދަން މަސައްކަތް ފެށި ހިސާބުން އާންމުންގެ ތެރޭން އެޕާޓީއަށް ވަންނާން ޝައުގުވެރިވެފައިވާ މީހުން ވަނީ އެމްޑީޕީ ތާހިރުވީ ކަމަށް ބުނަން ފަށާފައެވެ. އެއިންވެސް ދޭހަވަނީ، ލާދީއްޔަތު ޓެގަކީ ޖުމުލަކޮށް އެމްޑީޕީއަށް ހެޔޮވަރުކޮށްފައިވާ ލޭބަލެއް ނޫން ކަމެވެ. އަދި އެއީ އެޕާޓީން ވަކި ބަޔަކަށް ޚާއްސަ އެއްޗެއް ކަމެވެ.

ފަތިސް ނަމާދުގައި ސަފުތައް ފުރާން ނުދިޔަކަމުގައި ވިއަސް ދިވެހިންނަކީ، ދީނަށް ޣީރަތްތެރި ބައެކެވެ. އެހެންވެ، އެންމެ މަގްބޫލު ޕާޓީ، އެމްޑީޕީ ސާފުވުމުން އިތުރު މީހުން އެޕާޓީއަށް ވަންނާނެ ކަމުގެ އުންމީދު ބޮޑެވެ.

@kaafu.mv

Kaafu.mv Kaafu, #ibu2023♥ #ibu2023

♬ original sound – kaafu.mv – kaafu.mv

The post އެމްޑީޕީ ސާފުވުމުން ލާދީނީ ޓެގަށް ވާނީ ކިހިނެއް؟ first appeared on ކާފު އޮންލައިން.


More from Kaafu Online