އިޒްރޭލުގެ ޖާސޫސުން ތުރުކީގައި ހައްޔަރުކޮށްފި

Wed, 24 May 2023 08:05 PM

View on this article on Kaafu Online

އިޒްރޭލުގެ ޖާސޫސުން ތުރުކީގައި ހައްޔަރުކޮށްފި

ތުރުކީގައި ދިރިއުޅޭ އީރާނު މީހުންނާއި އީރާނުގެ މަސްލަހަތަށް ޖާސޫސް ކުރަމުން ދިޔަ އިޒްރޭލުގެ ޝިންބެޓް ޖާސޫސީ އިދާރާގެ ޖާސޫސުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށްތުރުކީން ބުނެފިއެވެ. ދުވަހު ނޫސް ސަބާހުއިން ބުނާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ 11 މީހެކެވެ. އަދި އިތުރު 4 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެ 4 މީހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޮގަނައިޒޭޝަން އާއި އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ތުހުމތުކުރާ ގޮތުގައި އެ 15 މީހުން އިސްރާއީލުގެ މޮސާޑް ޖާސޫސީ އިދާރާއަށް ޖާސޫސީ މައުލޫމާތު އެއްކުރުމަށް ޓަކައި އީރާނުގައި ވިޔަފާރިކުރާ ކުންފުންޏެއް ބޭނުން ކޮށްފައި ވެއެވެ.

ތގުރުކީގެ ޖާސޫސީ އިދާރާއިން ވަނީ 18 މަސް ދުވަސްވަނދެން މިމީހުން ތަހުގީގު ކޮށްފައެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ ޖުމުލަ 23 މީހަކު ލިސްޓު ކޮށްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

އިޒްރޭލުން ދަނީ ސައޫދީއާއި އީރާނުން ގުޅުން ބަދަހި ކުރުމަށް ނިންމުމުން އީރާނާ ދެކޮޅަށް ޑެ ބަހުގެ ހަމަލާތައް އިތުރު ކޮށްފައެވެ. އަދި އެމެރިކާއިން ބައިވެރި ނުވިއަސް އިޒްރޭލުން އަމިއްލައަށްވެސް އީރާނަށް ހަމަލަ ދީފާނެ ކަމަށް ދަނީ ބުނަމުންނެވެ.

މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމުކަމަށްވާ އީރާނުގެ ބާރާ މެދު އިޒްރޭލުން ޖެހިލުން ވެއެވެ.

The post އިޒްރޭލުގެ ޖާސޫސުން ތުރުކީގައި ހައްޔަރުކޮށްފި first appeared on ކާފު އޮންލައިން.


More from Kaafu Online