ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޔޫސުފް މާނިޢު

Tue, 21 Nov 2023 12:19 AM

View on this article on Iruvaru

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޔޫސުފް މާނިޢު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޔޫސުފް މާނިޢު މުޙައްމަދު ‏ކުރެއްވިއެވެ. ‏މި މަޤާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

The post ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޔޫސުފް މާނިޢު first appeared on Iruvaru Online.


More from Iruvaru