އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށް އދ. ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި

Sun, 07 May 2023 01:47 AM

View on this article on Iruvaru

އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށް އދ. ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި

އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށް އދ. ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފިއެވެ.

އދ. ދިއްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން އެމްއެންޕީން އެމްއެންޕީގެ ޓިކެޓްގައި ވާދަކުރި އަނީސް މުޙައްމަދު ކާމިޔާބުކޮށްފިއެވެ.

އަނީސް މި އިންތިހާބު ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަ ކުރި ރަޝީދާ އާދަމާ ވާދަކޮށްގެންނެވެ. ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނީސް މުޙައްމަދަށް ލިބިފައިވަނީ ޖުމްލަ 62 ވޯޓެވެ. ރަޝީދާ އާދަމްއަށް ލިބިފައިވަނީ 57 ވޯޓެވެ.

ދިއްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރީ ކުރިން އެކައުންސިލުގައި ހުރި މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއިންތިހާބުގައި 119 މީހުން ވޯޓުލާފައި ވެއެވެ. އެއީ 57 ފިރިހެނުންނާއި 62 އަންހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 147 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިހާބުގައި ބޮޑު އެއްވެސް ޕާޓީއަކުން ވާދަ ނުކުރެއެވެ.

The post އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށް އދ. ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި first appeared on Iruvaru Online.


More from Iruvaru