ހައްޖު ރޯގާ ދަނީ ފެތުރެމުން ފިޔަވަޅުތައް ވަރުގަދަ ކޮށްފި

Sat, 29 Jun 2024 07:42 PM

View on this article on Huvadhoo News

ހައްޖު ރޯގާ ދަނީ ފެތުރެމުން ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ހައްޖު ކްލިނިކަށްދާ މީހުންގެ ތެރެއިން ރޯގާގެ އަލާމަތްތައް ފެންނަމުންދާތީ ރައްކާތެރިވެ ތިބުމަށް އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖިއެމްއެޗް) އިން އިލްތިމާސް ކޮށްފިއެވެ.



އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ ހައްޖު ކުލިނިކަށް ހާޒިރުވާ މީހުން އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އަންނަ މީހުންގެ ތެރެއިން ރޯގާ އަށް ފައްސިވާ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ބަލިމީހުންނާއި، މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

” ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތްނުކުރުމަށް އެދެން. ޒިޔާރަތް ކުރާ އިރު މާސްކް ބޭނުން ކުރައްވާ” އައިޖީއެމްއެޗް

ހައްޖު ރޯގާ އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފައިވާއިރު، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވެފައިވަނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިފަހުން މާބޮޑަށް ބަލިވެ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.  އާރިފް ނިޔާވިއިރު އޭނާ ވަނީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މެނެންޖައިޓިސްއަށް ޕޮޒިޓިވް ވެފައެވެ.

ހައްޖުގެ އަޅުކަމަށްފަހު ކޮންމެ އަހަރެއްގައިވެސް މިފަދަ ރޯގާތައް ފެތުރެއެވެ. ނަމަވެސް މިއަހަރު ނުރައްކާތެރި ރޯގާއެއް ކަމަށްވާ މެނެންޖައިޓިސް ޖެހިގެން މީހަކު މަރުވެފައިވާތީއާއި އާންމު ރޯގާތައް އިތުރުވެފައިވާތީ އައިޖީއެމްއެޗްން ވަނީ ފުލޫ ކުލިނިކެއް ހުޅުވާފައެވެ.

އެގޮތުން މިއަދު އައިޖީއެމްއެޗުން ފާހަގަކޮށްފައިވަނީ ހައްޖު ކްލިނިކަށް ދާ ފަރާތްތަކުގެ އަދަދު އިތުރުވެފައި ކަމަށާއި، ރޯގާ އިތުރުވަމުންދާތީ ފަރުވާ އަވަސްކުރުމާއި މާސްކު ސެނެޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމަށެވެ.



More from Huvadhoo News