އިންޑިއާ ކަނޑުގެ އުޅަނދުތަކަށް ހަމަލާދިން ކަމަށް ޔަމަނުގެ ހޫތީން ބުނެފި

Thu, 09 May 2024 08:41 PM

View on this article on Huvadhoo News

އިންޑިއާ ކަނޑުގެ އުޅަނދުތަކަށް ހަމަލާދިން ކަމަށް ޔަމަނުގެ ހޫތީން ބުނެފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ގަލްފް އޮފް އެޑަންގެ ދެ އުޅަނދަކާއި އިންޑިއާ ކަނޑުގެ އުޅަނދަކަށް ހަމަލާ ދިން ކަމަށް ބުނެފަ އެވެ.އެމްއެސްސީ ޑިއޭގޯ އާއި އެމްއެސްސީ ޖީނާ ނަމަކަށް ކިޔާ އުޅަނދުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވަނީ ގަލްފް އޮފް އެޑަން ސަރަހައްދުގައި ކަމަށް އީރާނާ ގުޅިފައިވާ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.



އިސްރާއީލުގެ އެމްއެސްސީ ޑިއޭގޯ އާއި އެމްއެސްސީ ޖީނާގެ ގޮތުގައި ހޫތީން ފާހަގަކޮށްފައިވާ ގަލްފް އޮފް އެޑެންގެ އުޅަނދުތަކަށް ދީފައިވަނީ ރަނގަޅު ހަމަލާތަކެއް ކަމަށް ސާރީ ވަނީ ބުނެފަ އެވެ.

ނަމަވެސް އެމެރިކާ އިސްވެ ހަރަކާތްތެރިވާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ބުނީ އަންގާރަ ދުވަހު ދެ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށާއި އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި އޭގައި ތިބި ފަޅުވެރިން ވެސް ސަލާމަތުން ތިބި ކަމަށެވެ.

އެ ސެންޓަރުން ބުނީ މެދުއިރުމަތީގެ ޝިޕިން ރޫޓިގައިވާ އެ އުޅަނދުތަކަށް އަމާޒުކޮށް ހޫތީން ހަމަލާދީފައިވަނީ އެ އުޅަނދުތަކަކީ އިޒްރޭލާއި ގުޅުންހުރި އުޅަނދުަަތައް ކަމަށް ބެލެވޭތީ ކަމަށެވެ.

މި ދެ އުޅަނދަކީ ޖެނީވާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ ޕެނަމާ އަށް ނިސްބަތްވާ ކޮންޓެއިނާ ބަރުކޮށްގެން ގެންދާ އުޅަނދުފަހަރު ކަމަށް އެސޯސިއޭޓެޑް ޕްރެސް އެޖެންސީން ބުނެއެވެ.

ހޫތީން ވަނީ އިންޑިއާ ކަނޑުގައި އޮތް އެހެން ކޮންޓެއިނާ ބޯޓެއް ކަމަށްވާ އެމްއެސްސީ ވިޓޯރިއާ އަށް ވެސް ހަމަލާދީފައެވެ.

މި މަހުގެ ކުރީކޮޅު ސާރީ ވަނީ އިޒްރޭލުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އެ ޖަމާއަތުން ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެ ޖަމާއަތުން ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑުގެ މުހިންމު ޝިޕިން ޗެނަލްތަކާއި ބާބް އަލް މަންދާބް ކަނޑުއޮޅި އަދި ގަލްފް އޮފް އެޑެންގެ އުޅަނދުތަކަށް އެކިފަހަރުމަތިން ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ.

މީގެ ސަބަބުން ޝިޕިން ކުންފުނިތަކަށް އަގުބޮޑު އަދި އުދަނގޫ ގޮތް، ދެކުނު އެފްރިކާގެ ވަށައިގެން އޮންނަ މަގުން ދަތުރުކުރުމަށް މަޖުބޫރުވެފައިވެއެވެ.



More from Huvadhoo News