މިފަހަރުގެ ޅެމުން އަދުރޭ ކުރެއްވި ސުވާލު؛ ހަން ނޮޅައި މަސް ކަނީ، އޭ އަޚާ ކީއްވެހޭ؟

Wed, 08 May 2024 06:43 PM

View on this article on Huvadhoo News

މިފަހަރުގެ ޅެމުން އަދުރޭ ކުރެއްވި ސުވާލު؛ ހަން ނޮޅައި މަސް ކަނީ، އޭ އަޚާ ކީއްވެހޭ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ)، “ހަން ނޮޅައި މަސް ކަނީ އޭ އަޚާ ކީއްވެހޭ؟” އެއްސެވި ސުވާލު، މާނަފުން ޅެމެއްގެ ސިފައިގައި މީސްމީޑިއާއަށް ދޫކޮށްލައްވައިފިއެވެ.



އަދުރޭގެ ސުވާލު ނިސްބަތް ކުރައްވާފައި ވަނީ ކޮން އަޚަކަށް ކަމެއް ނޭނގެއެވެ. ކޮންމެ ފަރާތަކަށް ކުރެއްވި ސުވާލަކަށް ވިޔަސް އަނެއްކާވެސް އަދުރޭގެ ޅެމެއް ކިޔާލަން ލިބުމަކީ އުފާވެރި ކަމެކެވެ. މިފަހަރުގެ ޅެން ފަށްޓަވަމުން އަދުރޭ އެއްސެވީ “ހަން ނޮޅާ މަސް ކަނީ އޭ އަޚާ ކީއްވެހޭ؟” އެވެ.

ޅެމުގައި އަދުރޭ އިތުރަށް ސުވާލު ކުރެއްވީ “ކަން ކަމާ ތިޔަވަރަށް ދަހިލަވާން ވާނެ ތޯ،” އެވެ.

ފޭސްބުކްގައި އަބްދުއްރަހީމް ޕޯސްޓު ކުރައްވާފައިވާ ޅެން

ކޮންމެސް ފަރާތަކުން އަދުރޭގެ “މަސް ކައިގެން” ބާރު ހޯދަން މަސައްކަތް ކުރަމުންދާކަން ކޮންމެވެސް މިންވަރަކަށް ދޭހަވާ މޭރުމަކުން ލިޔުއްވާފައިވާ މި ޅެމުގައި އަދުރޭ ވިދާޅުވެފައިވަނީ “ކާހިނުން ގެންނަ ފަދަ ހަބަރުތައް” ހިފައިގެން “ސާހިބުނަންނަށް” ވާން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.

ޅެން ނިންމަވައިލެއްވުމަށް، ފަހު ބައިތުގައި ސިޔާސީ ގޮތުން އަދުރޭއާ ހަމަކުރައްވައި ވާދަކުރައްވާ ފަރާތަކަށް އަމާޒުކުރައްވައި، އަދުރޭ ވިދާޅުވެފައި ވަނީ ތަޤުދީރުގައި ނެތް ކަމެއް ނުހޯދޭނެ ކަމަށެވެ.

އަދުރޭ އަކީ މި ސަރުކާރުގައި ނުފޫޒު ގަދަ ފަރާތެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން ކަމަށްވާ އަދުރޭއަކީ މިސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އަދި އެމަނިކުފާނު އެންމެ އިތުބާރުކުރައްވައި ޔަގީންކުރައްވާ އެއް ބޭފުޅާވެސް މެއެވެ.

އަދުރޭފަދަ ސިޔާސީ ގޮތުން އާރާއި ބާރު ހުންނެވި ނުފޫޒުގަދަ މަގާމެއްގައި ހުންނަ ފަރާތަކަށް ދެކޮޅުހަދާނެ އަދުއްވުން ތިބޭނެކަން ޔަގީނެވެ. އެހެންކަމަށްވުމާއެކު މި ޅެމަކީ އަދުރޭ އެފަދަ ކޮންމެވެސް ފަރާތަކަށް ދެއްވާފައިވާ ރައްދުޖަވާބެއް ކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.



More from Huvadhoo News