ތުރުކީގެ ބިމުއަޑިން އާސާރީ އަވަށެއް ފެނިއްޖެ

Sat, 27 Jul 2024 07:25 AM

View on this article on Hurihaa.mv

ތުރުކީގެ ބިމުއަޑިން އާސާރީ އަވަށެއް ފެނިއްޖެ

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރީގައިވާ މިދްޔުތު ސަރަހައްދުން ބިމުއަޑީގެ އާސާރީ އަވަށެއް ފެނިފައިވާ ކަމަށް ތުރުކީގެ ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.



ރިޕޯޓުތައް ބުނާ ގޮތުގައި 900،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެ އަވަށަކީ އީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ވެސް މާ ކުރިއަށް ތާރީހު ކުރެވިފައިވާ އަވަށެކެވެ.

ދިގު ހޮހޮޅައެއްގެ ގޮތުގައި އެ އަވަށް ބިނާ ކުރެވިފައިވާއިރު ހޮހޮޅައިގެ ފާރުތަކުގައި އޭރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތައް ވެސް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

މި އަވަށުގެ ބޮޑުކަމާއެކު އެއީ ތުރުކީގެ އިތުރުން މުޅި ދުނިޔޭގައި ވެސް މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ބިމުއަޑީގެ "ސިވިލައިޒޭޝަން" އަށްވުން އެކަށީގެންވެ އެވެ.

ތުރުކީގެ ތާރީހު ދިރާސާކުރާ ފަރާތެއް ކަމަށްވާ މެރްވަން ޔުވިޒް ބުނި ގޮތުގައި އެ ހޮހޮޅައަކީ އޭރުގެ މީހުން ދުޝްމިނުންނާއި ޝިކާރަވެރިންގެ އިތުރުން ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ބޭނުންކުރި ހޮހޮޅައެއް ކަމަށް ބެލެވެ އެވެ.

ތުރުކީއަށް އަރަބިން އައުމުގެ ކުރިން އެ ގައުމަކީ ރޯމަނުންނާއި ފާރިސީންގެ އިތުރުން އަސޭރިން ވެސް ފަތަހަ ކުރަން މަސައްކަތްކުރި ގައުމެކެވެ.

މި ބޮޑު ޕްރޮޖެކްޓަށް ފައިސާ ހަރަދުކުރާ މިދްޔުތުގެ މުނިސިޕަލްޓީއިން ބުނީ އެ ހޮހޮޅަ ރަނގަޅަށް ދިރާސާކޮށް އާއްމުންނަށް ހުޅުވާލެވެންދެން މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.




More from Hurihaa.mv