ބޭކާރު ކަންކަމަށް ހަރަދުކުރަން ފައިސާއެއް ނެތް: ޖާންވީ

Sat, 27 Jul 2024 06:51 AM

View on this article on Hurihaa.mv

ބޭކާރު ކަންކަމަށް ހަރަދުކުރަން ފައިސާއެއް ނެތް: ޖާންވީ

ޖާންވީ ކަޕޫރަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ތަރި އެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފު ކުރަން މީހުންނަށް ފައިސާ ދޭ ކަމަށް އޭނާއަށް ތުހުމަތު ކުރެވެ އެވެ.



ޖާންވީގެ ކުރިއަށް އޮތް ފިލްމު "އުލަޖް"ގެ ޕްރޮމޯޝަންތަކުގެ ތެރެއިން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި މިކަމާ ބެހޭ ގޮތުން ސުވާލު ކުރެވުމުން ޖާންވީ ވަނީ އެ ތުހުމަތުތަކަށް ރައްދު ދީފަ އެވެ.

ޖާންވީ ބުނީ އެ ކަހަލަ ބޭކާރު ކަންތައްތައް ކުރަން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށާއި އެކަމަށް ފިލްމުގެ ބަޖެޓު ތަންނުދޭ ކަމަށެވެ.

ޖާންވީ އިތުރަށް ބުނެފައިވަނީ އޭނާގެ އަމިއްލަ މަސައްކަތްތަކަށް އޭނާ ކޮމެންޓް ނުކުރާ ކަމަށާއި އެހެން ކަމުން އެކަން ކުރަން އެހެން މީހުންނަށް ވެސް ފައިސާ ނުދޭނެ ކަމަށެވެ.

ބޮލީވުޑްގައި އޭނާގެ މަސައްކަތްތަކަށް އިންސާފު ކުރުމަކީ އޭނާގެ ސަޕޯޓަރުންނަށް އޮތް ކަމެއް ކަމަށާއި އެކަމަށް އޭނާ ގޮތެއް ނުކިޔާނެ ކަމަށް ޖާންވީ ބުންޏެވެ. 2018 ވަނަ އަހަރު ފިލްމު "ދަޅަކް"އިން ބޮލީވުޑަށް ތައާރަފްވި ޖާންވީ ވަނީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ފިލްމުތަކެއްގައި ބައިވެރިވެފަ އެވެ.




More from Hurihaa.mv