މި މިނިވަން ދުވަހު ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު!

Fri, 26 Jul 2024 07:24 PM

View on this article on Hurihaa.mv

މި މިނިވަން ދުވަހު ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު!

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފި އެވެ.



ދިރާގުން ބުނީ މި ހަރަކާތުގައި ބައިވެރިވެގެން ގުރުވަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލާފައިވާ ކަމަށެވެ.

މި ކޮންޓެސްޓް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކޮންމެ ފަރާތަކުންވެސް މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. ފޮޓޯ ހިއްސާކުރަން ވާނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި #Minivan26 ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހު އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް – މި ތިން ސޯޝަލް މީޑިއާގެ ތެރެއިން ކޮންމެ ޕްލެޓްފޯމަކުންވެސް އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. އަދި އިނާމެއްގެ ގޮތުގައި ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއްވެސް ލިބޭނެ އެވެ.

މީގެ އިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފްތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 100ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް އެކުންފުނިން ކުރިއަށްގެންދާނެ އެވެ.

ދިރާގުން ވަނީ ރާއްޖޭގެ 59ވަނަ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފަ އެވެ. އަދި އެކުންފުނީގެ އަމާޒަކީ މިފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.




More from Hurihaa.mv