140 މީޓަރުގެ ބަނަހެއް ތައްޔާރު ކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތަށް!

Wed, 08 May 2024 06:37 AM

View on this article on Hurihaa.mv

140 މީޓަރުގެ ބަނަހެއް ތައްޔާރު ކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތަށް!

ދިގުމިނުގައި 140 މީޓަރު ހުންނަ ބަނަހެއް ފިހެގެން ފްރާންސަށް ނިސްބަތްވާ ކެއްކުންތެރިން ތަކެއް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.



މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ދިޔަ މި އިވެންޓަކީ ފްރާންސްގެ ފްރެންޗް ކޮންފެޑެރޭޝަން އޮފް ބޭކާސް އެންޑް ޕޭސްޓްރީ ޗެފްސްއިން އިންތިޒާމްކުރި އިވެންޓެކެވެ.

މި އިވެންޓުގައި ފިހުނު ބަނަހުގެ ބާވަތް ކަމަށްވާ "ބިގުއެޓް"އަކީ އޭގެ އާއްމު ސައިޒަށްވުރެ 235 ގުނަ ބޮޑު ބިގުއެޓްއެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ފްރާންސްއިން މި ލަގަބު އަލުން ހޯދާފައި މިވަނީ ފަސް އަހަރު ވަންދެން އެ ލަގަބު އިޓަލީއަށް ގެއްލުމަށްފަހު އެވެ. އޭގެ ކުރިން އެ ލަގަބު އޮތީ ހަމަ ފްރާންސަށެވެ.

އިޓަލީއިން 2019 ވަނަ އަހަރު ފިހުނު ބިގުއެޓްގެ ދިގުމިނުގައި 132.62 މީޓަރު ހުއްޓެވެ. އެ ހަރަކާތް އޮތީ އިޓަލީގެ ކޮމޯގަ އެވެ.

ފްރާންސުން ފިހުނު ބިގުއެޓްގެ ބައެއް ފަސް ސެންޓިމީޓަރު ބޯމިނަށް ކެފުމަށްމަހު އާއްމުންނަށް ބެހިއިރު ބާކީ ބައި ހަދިޔާކުރީ ގެދޮރު ނެތް ފަގީރުންނަށެވެ.




More from Hurihaa.mv