ސިއްހީ ހާލަތުގެ ސަބަބުން ނިކްގެ މެކްސިކޯ ކޮންސެޓް ކެންސަލް ކޮށްފި

Mon, 06 May 2024 05:55 AM

View on this article on Hurihaa.mv

ސިއްހީ ހާލަތުގެ ސަބަބުން ނިކްގެ މެކްސިކޯ ކޮންސެޓް ކެންސަލް ކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ސިއްހީ ހާލަތު ތަން ނުދޭތީ އޭނާގެ ކުރިއަށް އޮތް މެކްސިކޯ ކޮންސެޓް ކެންސަލް ކޮށްފި އެވެ.



ހޮނިހިރު ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކުރި ޕޯސްޓެއްގައި ނިކް ބުނެފައިވަނީ މިހާރު ދައުރުވަމުން އަންނަ އިންފްލުއެންޒާ އޭ ހުންގަނޑު އޭނާއަށް ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން ސްޓޭޖް މަތީގައި ލަވަކިޔަން އޭނާއަށް މިވަގުތު އުނދަގޫވުމުން މިއަންނަ ހަފްތާ ބަންދުގައި މެކްސިކޯގައި ބާއްވަން އޮތް ޖޯނަސް ބްރަދާސްގެ ކޮންސެޓް ފަސްކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ދެން އެ ކޮންސެޓް އޮންނާނީ އޮގަސްޓް މަހުގެ ފަހުކޮޅު ކަމަށް އެހާރުން ހުރިހާ ސަޕޯޓަރުންނާ ބައްދަލުވާނެ ކަމަށް ނިކް ބުނެފައިވެ އެވެ.

ނިކް ވަނީ މިކަމުގެ ސަބަބުން ސަޕޯޓަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދި ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.




More from Hurihaa.mv