16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

Sun, 05 May 2024 11:56 AM

View on this article on Hurihaa.mv

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި އެވެ.



އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގައި 16 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބޯޓު ފަރަށް އަރާފައި ވަނީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ފަރަކަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް އައިއިރު ބޯޓު ފުން ކުރެވިފައި ނުވާ ކަމަށެވެ. ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާ އެކު ފުން ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ހާލު ރަނގަޅެވެ.




More from Hurihaa.mv