މިދިޔަ މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ

Sun, 05 May 2024 11:43 AM

View on this article on Hurihaa.mv

މިދިޔަ މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ

މިދިޔަ މަހުގެ ފެން ބިލުން %10 ގެ ޑިސްކައުންޓެއް ދިނުމަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފި އެވެ.



އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާނެއްގައި ބުނީ 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް އިއުލާންގައިވެ އެވެ.

އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އޭޕްރީލް މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކްރެޑިޓް ކުރެވޭ ހާލަތުގައި އެމަޢުލޫމާތު ވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާކުރާނެ ކަމަށެވެ.

ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް ފެން ކުންފުނީގެ އުސޫލުން ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށެވެ. މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވެ އެވެ.

ރޯދަ މަހުގެ ތެރޭގައި ކަރަންޓުގެ ހިދުމަތުން ވެސް އާންމުންނަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދިނެވެ.




More from Hurihaa.mv