އިންތިހާބީ މެމްބަރު އިމްރާންގެ ވާހަކަތައް އަދާލަތު ޕާޓީން ދޮގުކޮށްފި

Sun, 05 May 2024 01:30 AM

View on this article on Hurihaa.mv

އިންތިހާބީ މެމްބަރު އިމްރާންގެ ވާހަކަތައް އަދާލަތު ޕާޓީން ދޮގުކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މަޖިލިސް މެމްބަރު ދެއްކެވި ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.



އެ އެކްސިޑެންޓަށްފަހު އެ ސަރަހައްދުގައި އިންތިހާބީ މެމްބަރު އިމްރާން ލަތީފް ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އިންތިހާބީ މެމްބަރު އިމްރާން ލަތީފް ވަނީ ޕިކަޕް ޑްރައިވަރަށް މައާފްކޮށްދިނުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކިބައިން އެދެއެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީން އެކްސްގައި ބުނެފައި ވަނީ ޝައިޚް އިމްރާން އަބްދުاللهގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ޝެއިޚް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެން ކަމަށެވެ. އެހެންނަމަވެސް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް ހާޒިރުވެ ޝެއިޚް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރެއްވިކަމަށް އެ ޕާޓީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް މި ޕާޓީއިން ކުށްވެރިކުރަމެވެ." އަދާލަތު ޕާޓީން ބުނެއެވެ. އަދާލަތުން ބުނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވިކަމަށެވެ. އަދި ސިޔާސީގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމައުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވާނެކަމަށްވެސް އަދާލަތުން ބުނެއެވެ.

" އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫނެވެ." އަދާލަތު ޕާޓީން ބުނެއެވެ.

އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނު ބުނާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި އެކްސިޑެންޓެއް ވެގެން، އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެކްސިޑެންޓުވި އުޅަނދު އޮތްގޮތަށް، އޮތްތާކު ބޭއްވުމަށްފަހު، އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންޖެހެ އެވެ.




More from Hurihaa.mv