ގޫގުލްއިން "އޯޑިއޯ އިމޯޖީސް" ތައާރަފް ކޮށްފި

Sat, 04 May 2024 07:49 AM

View on this article on Hurihaa.mv

ގޫގުލްއިން "އޯޑިއޯ އިމޯޖީސް" ތައާރަފް ކޮށްފި

ގޫގުލް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް އެ ކުންފުނިން މުޅިން އާ ތަފާތު ފީޗާއެއް ކަމަށްވާ "އޯޑިއޯ އިމޯޖީސް" ތައާރަފް ކޮށްދީފި އެވެ.



ގޫގުލްގެ އޯޑިއޯ އިމޯޖީސްއަކީ ފޯނުން މީހަކާ ގުޅައިގެން ހުންނަ ވަގުތު އެމީހަކަށް އަޑުއިވޭ ގޮތަށް އަޑާއެކު އޯޑިއޯ އިމޯޖީ ފޮނުވޭ ފީޗާ އެކެވެ.

އެގޮތުން މި ފީޗާގެ ދަށުން ގުޅައިގެން ހުންނަ މީހާއަށް އެކި އިމޯޖީތަކުގެ އަޑު ފޮނުވޭނެ އެވެ. އޭގެ ތެރޭގައި ހޭ އަޑާއި ރޯ އަޑުގެ އިތުރުން ވެސް ތަފާތު އިމޯޖީ އަޑުތައް ހިމެނެ އެވެ.

މި ފީޗާ ލިބުނުކަން ފާހަގަވި ގޫގުލް ޕިކްސަލް ފޯނެއް ބޭނުންކުރާ މީހަކު ބުނީ އޭނާ މީހަކާ ގުޅައިގެން ހުރި ވަގުތު އޯޑިއޯ އިމޯޖީގެ "ޕޮޕްއަޕް" ސްކްރީނަށް އެރި ކަމަށާއި އެކަން ޔަގީން ކުރަން އެ ފީޗާ ޓެސްޓުކުރި ކަމަށެވެ.

މީގެ ކުރިން އެކި ފޯނު ކުންފުނިތަކުން ވަނީ މެސެޖު މެދުވެރިކޮށް އޯޑިއޯ އިމޯޖީ ފޮނުވޭ ފީޗާތައް ތައާރަފް ކޮށްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ކޯލުތަކުގައި މި ފީޗާ ބޭނުން ކުރެވޭ ގޮތެއް ނުވެ އެވެ.

ގޫގުލްގެ މި އާ އިމޯޖީއާއެކު އިންޓަނެޓު ވަނީ ދެބައިވެފަ އެވެ. އެއްބަޔަކު މި ފީޗާއަށް ތައުރީފް ކުރަމުން އަންނައިރު އަނެއްބަޔަކު ބުނަމުން އަންނަނީ މިއީ ބޭކާރު ކަމެއް ކަމަށާއި އެއަށްވުރެ ކުރުން މާ ރަނގަޅު ކަންތައް އެބަހުރި ކަމަށެވެ.




More from Hurihaa.mv