ލޯންޗު ވަގަށް ނެގި ކުއްޖާ އާއިލާ އާ ހަވާލުކޮށްފި

Thu, 02 May 2024 12:48 PM

View on this article on Hurihaa.mv

ލޯންޗު ވަގަށް ނެގި ކުއްޖާ އާއިލާ އާ ހަވާލުކޮށްފި

ލޯންޗެއް ވަގަށް ނަގައިގެން މ. އަތޮޅުން މާލެ އަށް އައި ކުޑަ ކުއްޖާ ހޯދައި އާއިލާ އާ ހަވާލުކޮށްފި އެވެ.



އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު، ހުޅުމާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ، އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އައީ މިދިޔަ އަންގާރަ ދުވަހުގެރޭ ދަންވަރެވެ.

އެ ކުއްޖާ ގެއްލިގެން އާއިލާ އިން ރިޕޯޓު ކުރިއިރު، ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗު ގެއްލިގެން އެ ރިސޯޓުން ވެސް ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.

ފުލުހުން ބުނީ ލޯންޗެއް ވަގަށް ނަގައިގެން މާލެ އައި ކުއްޖާ މިހާރު ވަނީ އާއިލާ އާ ހަވާލުކޮށްފައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނަށް އެ ފިރިހެން ކުއްޖާ ފެނިފައި ވަނީ މަގުމަތީގައި އުޅެނިކޮށެވެ. އެ ފިރިހެން ކުއްޖާ އާ އެކުގައި އޭނާގެ ލޯބިވެރިޔާ ވެސް ހުރި ކަމަށްވެ އެވެ. ދެ ކުދިން ވެސް މިހާރު ވަނީ އެމީހުންގެ އާއިލާ އާ ހަވާލުކޮށްފަ އެވެ.

ސިނަމަން ހަކުރާ ހުރާގެ ލޯންޗުގައި ކުޑަކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި އޭނާގެ މަންމަގެ ފޯނާއި ބައެއް އަންނައުނު ވެސް ދަބަހަކަށް އަޅައިގެންނެވެ.

އެ ކުއްޖާ މާލެ އައި ލޯންޗް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެ ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.




More from Hurihaa.mv