ޒަމީރު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވަނީ

Thu, 02 May 2024 12:36 PM

View on this article on Hurihaa.mv

ޒަމީރު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.



އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މީގެކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ފުރަމާނަ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ "ޕްރޯ މޯލްޑިވްސް" ސިޔާސަތާ އެކުގަ އެވެ. އެކަމަކު، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު ޗައިނާއާ ހާއްސަ ގުޅުމެއް ބާއްވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އެ ވައުދާ އެއްގޮތަށް އިންޑިއާގެ ސިފައިން ބާލައި އެ އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ގެންނަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންގެ ދެ ބެޗެއް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ އިރު، އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު މި މަހު 10 ގެ ކުރިން ރާއްޖެއިން ފުރާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.




More from Hurihaa.mv