ވިއްކާފައި ހުރި 700 ޑޮމެއިންއަކީ ފޭކް، ގާނޫނުގެ ތެރެއަށް ފައްތަނީ!

Tue, 30 Apr 2024 11:58 AM

View on this article on Hurihaa.mv

ވިއްކާފައި ހުރި 700 ޑޮމެއިންއަކީ ފޭކް، ގާނޫނުގެ ތެރެއަށް ފައްތަނީ!

ރާއްޖޭގައި ޑޮމެއިން ނަންބަރުތައް ބޭނުންކުރާ ފަރާތްތަކުގެ ނަންބަރުތަކުގެ ތެރެއިން 700 ޑޮމެއިން ނަންބަރުތަކަކީ ފޭކް ޑޮމެއިން ނަންބަރުތަކެއް ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.



"އަހާ" ނަމުގައި ކުރިއަށް ގެންދިޔަ ޕަބްލިކް ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ޑޮމެއިން ނަންބަރު ދޫކުރުމުގެ ކަންކަން ހުއްޓިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމުގެ ކަންކަން ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެ ސިޓީއަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އޭރު އެންގި އެންގުމުން ކަމަށެވެ.

އަމީން ވިދާޅުވީ ވަރަށް ކުރިއްސުރެ ރަނގަޅަށް ޑޮމެއިން ނަގައިގެން ގެންގުޅުނު ފަރާތްތަކަށްވެސް އެ ސިޓީއާއެކު ހިދުމަތް ދިނުން ހުއްޓާލާފައި އޮތް ކަމަށެވެ. އަދި ގާނޫނުން ލާޒިމްކުރާ އުސޫލުން ބޭރުން އެތައް ޑޮމައިންތަކެއް ގެންގުޅުނު ކަމުގައި އަމީން ވިދާޅުވި އެވެ. އަދި ފޭކް ނޫންގޮތުގައި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅޭ އުޅުންވެސް ފާހަގަ ކުރެއްވުނު ކަމުގައި އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ފެއްޓި ކަމަކީ ޑޮމެއިންގެ ކްލެސިފިކޭޝަންތަކެއް ހަދަން ފެށީ. މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ %50. އަނެއް %50 ރަނގަޅު ނޫން ޑޮމެއިން." އަމީން ވިދާޅުވި އެވެ.

ނަމަވެސް ވަކި ބަޔަކު ގަވާއިދާ ހިލާފަށް މިކަން ކުރުމަކީ ގަވާއިދާ އެއްގޮތަށް އުޅޭ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތެއް މެދުކެނޑިފައި އޮންނަން ޖެހޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިނުގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ފޭކް ޑޮމެއިންގެ މައްސަލަ ބޮޑުވެގެންދިޔައީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ ފަރާތުގެ މައްސަލައަކުންނޫން ކަމަށާއި، އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް ބަޔަކު އިހުމާލުވެފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ސައްހަ ނޫން ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ގާނޫނީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.




More from Hurihaa.mv