ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

Tue, 30 Apr 2024 11:47 AM

View on this article on Hurihaa.mv

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.



މި ކޮޅުވެއްޓިއަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓި ރޭ ފަތިހު ބަންޑުން ޖަހާލިއިރު އޭގައި ފަސް މީހުން ތިބި އެވެ.

އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށެވެ.

ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި އޮއްވައި ކޯސްޓްގާޑު ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ފިރިހެން މީހާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.




More from Hurihaa.mv