މައިންބަފައިންނާއެކު ވަގުތު ހޭދަ ނުކުރެވުނީތީ މިހާރު ދެރަވޭ: ދަރްމެންދްރާ

Tue, 30 Apr 2024 05:55 AM

View on this article on Hurihaa.mv

މައިންބަފައިންނާއެކު ވަގުތު ހޭދަ ނުކުރެވުނީތީ މިހާރު ދެރަވޭ: ދަރްމެންދްރާ

ވެޓެރަން އެކްޓަރު ދަރްމެންދްރާއަކީ އޭނާގެ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރި އެކެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ޒުވާން އިރުގެ ފޮޓޯތައް ދަރުމެންދްރާ ހިއްސާ ކުރެ އެވެ.



އެގޮތުން އެންމެ ފަހުން އޭނާ ހިއްސާކުރި ފޮޓޯގައި ފެންނަނީ އޭނާއާއި އޭނާގެ ބައްޕަ ކެވަލް ކްރިޝަންއާއި ދޮށީ ދަރިފުޅު ސަނީ ޑިއޯލް އެކުގައި ތިއްބަ އެވެ.

އެ ފޮޓޯއާއެކު އޭނާ ހިއްސާކުރި ކެޕްޝަންގައި ބުނެފައިވަނީ ބައްޕައާއެކު ގިނައިން ވަގުތު ހޭދަކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ.

ދަރުމެންދްރާގެ އެ ފޮޓޯއަށް ކޮމެންޓުކުރި މީހަކަށް ޖަވާބު ދެމުން އޭނާ ބުނީ މައިންބަފައިން އުފަލުގައި ބޭތިއްބުމަށްޓަކައި އެމީހުންނާ މެދު ވެސް އަމިއްލަ ދަރިންނާ މެދު ކަންތައް ކުރާ ފަދައިން ކަންތައް ކުރަންޖެހޭ ކަމަށެވެ.

ދަރްމެންދްރާގެ ބައްޕައަކީ އެމީހުންގެ ސަހަރުގައި ހިންގި ޕަބްލިކް ސްކޫލެއްގެ ހެޑްމާސްޓަރެވެ. އޭނާއަށް ދެ ދަރިން ލިބުނުއިރު އެއީ ދަރްމެންދްރާއާއި އަޖިތު ޑިއޯލް އެވެ.




More from Hurihaa.mv