އިރުފާން ޚާންގެ ވާހަކަ ދިޕިކާގެ ދުލުން!

Tue, 30 Apr 2024 05:51 AM

View on this article on Hurihaa.mv

އިރުފާން ޚާންގެ ވާހަކަ ދިޕިކާގެ ދުލުން!

ބޮލީވުޑް އަދި ހޮލީވުޑްގައި މަޝްހޫރު އިރުފާން ޚާން އަކީ ކުޅަދާނަ އެކްޓަރެކެވެ. ފްރޭމަށް އިރުފާން ޚާން އެރުމުން އެންމެ ކުޅަދާނަ އެކްޓަރުން ވެސް ޖެހިލުންވެ އެވެ. އިރުފާން ޚާން އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ދިޕިކާ ވެސް ހުރީ ބިރުންނެވެ.



ދިޕިކާ ބުނެފައިވާ ގޮތުގައި އޭނާއާއެކު މަސައްކަތް ކުރުމަށް ޖެހިލުންވި އެވެ.

"އަހަރެން ހީކުރީ އޭނާ ( އިރުފާން ޚާން ) އަކީ ވަރަށް އިންޓެންސް އެކްޓަރެއް ކަމަށް, އިންޓެންސް މީހެއް ކަމަށް, މީޑިއާތަކުން ދައްކަނީ ވަރަށް އިންޓެންސް މީހެއް ގޮތަށް. އަހަރެން ހީކުރީ އޭނާ ވަރަށް ހަރުކަށިވާނެ ކަމަށް އަދި އެއްވެސް މީހަކާ ވާހަކަ ނުދައްކާނެ ކަމަށް އަދި އަހަރެން ކޮމާޝަލް އެކްޓްރެސް އެއްވީމަ, އަހަރެން ދަށް ކޮށްލާނެކަމަށް. އެކަމަކު އިރުފާން އެއީ ވަރަށް ތަފާތު މީހެއް،" ދިޕިކާ ބުނެފައިވެ އެވެ.

"އޭނަ އަކީ މަޖާ އަދި ލަދުރަކި މީހެއް. އެހޭ ގިނައިން ވާހަކަ ނުދެއްކިޔަސް ބުނެލާ އެއްޗެހި ވަރަށް މަޖާވާނެ. މަޖާ އެއްޗެހި ބުނެލާ ވަގުތު މޮޅީ. ބުނެދޭން ވެސް ނޭނގޭ ހުނަރުވެރި މީހެއް އެއީ،" އިރުފާން ޚާން އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޕިކާ ބުނެފައިވެ އެވެ.

އިރުފާން ޚާން ދިޕިކާ އާ އެއްކޮށް ކުޅެފައިވަނީ "ޕީކޫ" ނަމަކަށް ކިޔާ ފިލްމެކެވެ.

މަޝްހޫރު އެކްޓަރު އިރުފާން ޚާން މަރުވެފައި ވަނީ 29 އޭޕްރީލް 2020 ގައި ކެންސަރު ބަލީގަ އެވެ. އިރުފާން ޚާން ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ލައިފް އޮފް ޕައި، ލަންޗް ބޮކް، އަދި ތަލްވާރް ހިމެނެއެވެ.




More from Hurihaa.mv