މަސްވެރިންނަށް 27 މިލިއަން ރުފިޔާ ނުދެވި އެބައޮތް: ޝިޔާމް

Tue, 30 Apr 2024 12:10 AM

View on this article on Hurihaa.mv

މަސްވެރިންނަށް 27 މިލިއަން ރުފިޔާ ނުދެވި އެބައޮތް: ޝިޔާމް

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެެއިން 27 މިލިއަނެއްހާ ރުފިޔާ ނުދެވި އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.



މިރޭ ބޭއްވި "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގް މިހާރު ސާފުކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަބަދުވެސް ފައިސާ ނުދެއްކި ޑިއުވެފައި ހުންނަ ކަމަށާއި މެއި މަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސް ކުރެވޭނެ ކަމަށެވެ.

"ކުރިން އޮތް ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިފައި، މިއަދުގެ ނިޔަލަށް ޑިއުވެފަ އިނީ 27 މިލިއަން ރުފިޔާ، އަބަދުވެސް ޑިއުވެފަ ކޮންމެވެސް ވަރެއް ހުރޭ ކުރިން ވެސް، ކުރިން ހުރި އާންމު ވަރަށް އެ ހުރީ، އެ އަދަދު ދެއްކުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫން، މެއި މަސް ފެށޭ އިރު ދެއްކޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި މަސްވެރިން ވަނީ އެ މީހުންނަށް ލިބެންޖެހޭ އުޖޫރަ ނުލިބިގެން މުޒާހަރާ ކޮށްފަ އެވެ. ދެކުނުގެ މަސްވެރިން ކޫއްޑޫގައި ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރަން ފަށާފަ އެވެ.

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.




More from Hurihaa.mv