ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރަން ނިންމައިފި

Mon, 29 Apr 2024 11:50 PM

View on this article on Hurihaa.mv

ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރަން ނިންމައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވެ ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި އެ ލޯނަށް ހުށަހެޅި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމައިފި އެވެ.



މި އަހަރު ސަރުކާރުން އެ ފުރުސަތު ހުޅުވާލީ 500 ޖާގައަށެވެ.

މިކަން ހާމަކުރެއްވީ މިރޭ ބޭއްވި "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ސްޓޭޑަންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

ސަރުކާރުން ދޫކުރާ މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދެވޭނެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދިނެވެ.




More from Hurihaa.mv