ވިލިމާލޭގެ ބަގީތައް ހަލާކުވެ ސިޓީ ކައުންސިލުން އަލުން ބަގީ ގަންނަނީ

Thu, 25 Apr 2024 03:38 PM

View on this article on Hurihaa.mv

ވިލިމާލޭގެ ބަގީތައް ހަލާކުވެ ސިޓީ ކައުންސިލުން އަލުން ބަގީ ގަންނަނީ

މާލެ ސިޓީ ކައުންސިލުން ވިލިމާލެ އަށް ބަގީގެ ހިދުމަތް ދިނުމަށް ގެނައި ހަތް ބަގީ ހަލާކުވެގެން އަލުން އާ ބަގީތަކެއް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.



ވިލީމާލޭގައި މާލެ ސިޓީ ކައުންސިލުން ދެމުން އަންނަ ބަގީ ހިދުމަތައް ބޭނުންވާ އިތުރު ބަގީ ގަތުމަށް ނިންމީ މިއަދު ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 142 ވަނަ އާއްމު ޖަލްސާގަ އެވެ.

ސިޓީ ކައުންސިލުން ނިންމީ ބަގީގެ ހިދުމަތް ފެށިއިރު 10 ބަގީ އޮޕަރޭޓު ކުރަމުން ދިޔަ ނަމަވެސް، މިހާރު އޮޕަރޭޝަނަލް ހާލަތުގައި އެންމެ ތިން ބަގީ ހުރުމުން އިތުރު ހަތް ބަގީ ގަންނަން ޖެހޭ ކަމަށެވެ.

ބަގީތައް ގެންނަން ފާސްކުރީ މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުން ވޯޓު ދެއްވައިގެންނެވެ. ކައުންސިލާ ސައިފް ފާތިހު އާއި ކައުންސިލާ މަރިޔަމް ނާޒިމާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށްޓަކައި 10 ބަގީ ގެނެސް އެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ މާޗް 16 ވަނަ ދުވަހު އެވެ. އެކަމަށް ސިޓީ ކައުންސިލުން 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސިޓީ ކައުންސިލުން 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ހަމަޖައްސައިގެން ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 'ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000 ރުފިޔާ ހަރަދުކުރެ އެވެ.




More from Hurihaa.mv