ގެއްލިގެން ހޯދި ދޯނި ރަތްމަންދޫ ބޭރުން ފެނިއްޖެ

Sat, 20 Apr 2024 04:56 PM

View on this article on Hurihaa.mv

ގެއްލިގެން ހޯދި ދޯނި ރަތްމަންދޫ ބޭރުން ފެނިއްޖެ

ގެއްލިގެން އުޅޭ ރ. މަޑުއްވަރީ ދޯންޏާއި އޭގައި ތިބި މީހުން އެމްއެންޑީއެފް އިން ހޯދައިފި އެވެ.



ތިން މީހުންނާއެކު މަހަށް ނިކުތް އެ ދޯންޏަކީ ކ. މާފުށިން ފުރައިގެން ރ. މަޑުއްވަރީއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހޯދި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އެއާ ކޯގެ އަސްކަރީ ޑްރޯން އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރަމުން ދަނިކޮށް ފެނުނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަގަޅު ކަމަށެވެ.

ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:06 ގަ އެވެ. މި މައުލޫމާތު ފުލުހުން އެމްއެންޑީއެފާ ހިއްސާކޮށްފައިވަނީ ރޭ 11:45 ހާއިރު އެވެ.




More from Hurihaa.mv