ދިވެހި ބަހުން ހުރި ކްރިސްޓިއަން ދީނުގެ ލިޔުންތައް އެޅި ދެ ބިދޭސީން 10 ދުވަހަށް ބަންދަށް

Fri, 29 Mar 2024 07:34 PM

View on this article on Hurihaa.mv

ދިވެހި ބަހުން ހުރި ކްރިސްޓިއަން ދީނުގެ ލިޔުންތައް އެޅި ދެ ބިދޭސީން 10 ދުވަހަށް ބަންދަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ މެއިލް ބޮކްސް ތެރެއަށް ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް އެޅި ޖަރުމަނު ދެ އަންހެނުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.



އިސްލާމް ދީނާ ހިލާފު ބައެއް ތަކެތި ބަހާ ކަމަށް ބުނެ، އެ ދެ އަންހެނުންގެ ފޮޓޯ މިދިޔަ ބުދަ ދުވަހު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ބައިބްލްގެ ދިވެހި ތަރުޖަމާއާއި އަދިވެސް އިސްލާމްދީނާ ހިލާފު ބައެއް ލިޔުންތަކާއި ވީޑިއޯތަކުގެ ލިންކްތައް ހިމެނޭ ބިޒްނަސް ކާޑުތަކެއް އެ ފްލެޓްގެ ލެޓާ ބޮކްސް ތެރެއަށް އަޅަމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.




More from Hurihaa.mv