މި އަހަރު ޔޫއޭއީ/ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމަކީ އުންމީދެއް: ރައީސް

Fri, 29 Mar 2024 06:18 PM

View on this article on Hurihaa.mv

މި އަހަރު ޔޫއޭއީ/ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމަކީ އުންމީދެއް: ރައީސް

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އާސަންދަ ސްކީމްގެ ދަށުން ބަލި މީހުން ފޮނުވުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދެ ގައުމުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކަމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ.

"އުއްމީދުކުރަނީ ހަމަ މި އަހަރުގެ ތެރޭގަ ފެށިގެންދާނެ ކަމަށް، ވަރަށް ބޮޑަށް އެކަން ޓާގެޓު ކުރެވިގެންދަނީ، އެހެންވީމަ ވަރަށް އުންމީދުކުރަން މި އަހަރުތެރޭގަ ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ސްކީމްގެ ދަށުން ބަލި މީހުން ފޮނުވަން ނިންމެވި ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެމަނިކުފާނު ވިދާޅުވީ އާސްނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަނީ އަވަށްޓެރި އިންޑިއާއަށާއި ސްރީލަންކާއަށެވެ.

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.




More from Hurihaa.mv