މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

Fri, 29 Mar 2024 06:10 PM

View on this article on Hurihaa.mv

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 50،000ރ. ދީފި އެވެ.



އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު "އެކްސް"ގައި ބުނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ހަދިޔާއެއް ދީފައިވާ ކަމަށެވެ. ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އައިއޭސީން ބުންޏެވެ.

"ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށްޓަކައި އެންމެ މުހިންމު މަރުހަލާ ކަމުގައި އަޅުގަނޑުމެން ދެކެނީ." އައިއޭސީ އިން ބުނެފައިވެ އެވެ.

https://twitter.com/IACMaldives/status/1773589821900181906

އައިއޭސީން ބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ކުދިން ކުރާ މިކަހަލަ މަސައްކަތްތަކުގައި ލިބުމަކީ އެ ކުދިންނަށް މިފަދަ މަސައްކަތްތައް އިތުރަށް ކުރަން ލިބޭނެ ހިތްވަރެއް ކަމަށެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 32،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ޒަހަމްކޮށްލާފައިވާ މީހުންގެ އަދަދު ވެސް 75،000 އާ ވަނީ ގާތްކޮށްފައެވެ.

މި ރަމަޟާން މަހުގައި ވެސް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައި ހޫނުކަމުގެ ތެރޭގައެވެ. ޣައްޒާ އަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ކާބޯތަކެއްޗާއި ބޭހުގެ ސާމާނެއް ނުލިބެ އެވެ.




More from Hurihaa.mv