ފެންނަ ނުފެންނަ ވޯޓަށް އަހަން ރައީސްގެ ދައުރެއް ނެތް: ނަޝީދު

Tue, 19 Sep 2023 05:44 PM

View on this article on Hurihaa.mv

ފެންނަ ނުފެންނަ ވޯޓަށް އަހަން ރައީސްގެ ދައުރެއް ނެތް: ނަޝީދު

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުން މަޖިލީހަށް އެބާރު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށާ އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރަގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްއަށް ހުޅުވާލަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ނުޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ސީދާ ވޯޓަށް އެހުމުގެ އިހުތިޔާރު މަޖިލީހަށް ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ލިބިދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަ ކަމަށެވެ.

ރައީސް ޞާލިހު ކެމްޕެއިންގައި އިއްޔެ މާލޭގައި ދޮރުން ދޮރަށް ވަޑައިގަގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމަނިކުފާނުވެސް ތާއިދު ކުރައްވާ ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އެމަނިކުފާނަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކޮށް އެމަނިކުފަނަށް ފޮނުވުމުން ވޯޓުގެ ކަންކަން ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދޅާުވި އެވެ.


More from Hurihaa.mv