ޓީއެމްއޭގެ ނަމުގައި ފޮނުވާ މެސެޖަށް ސަމާލުވުމަށް ފުލުހުން އެދެފި

Tue, 19 Sep 2023 03:39 PM

View on this article on Hurihaa.mv

ޓީއެމްއޭގެ ނަމުގައި ފޮނުވާ މެސެޖަށް ސަމާލުވުމަށް ފުލުހުން އެދެފި

ޑީއެޗްއެލް ޕެކޭޖަކަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ޓީއެމްއޭގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖުތަކީ އެއްވެސް ހަގީގަތެއް ނެތް ސްކޭމް މެސެޖެއް ކަމަށެވެ. އެހެންވެ މި މެސެޖަށާއި އަދި މިފަދަ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ޓީއެމްއޭގެ ނަމުގައި ދައުރުކުރަމުންދާ މި މެސެޖުގައި ބުނެފައިވަނީ ޑީއެޗްއެލް ޕެކޭޖެއްގެ ޑެލިވަރީ އަކަށް ފައިސާ ނުދައްކާ އޮތޮމުގެ ސަބަބުން ޕެކޭޖް ޑެލިވަރީ ކުރެވެން ނެތް ކަމަށެވެ. އެހެންވެ މި މެސެޖުގައި ވަނީ ފައިސާ ދެއްކުމަށް ލިންކަކަށް ވަނުމަށް އިރުޝާދު ދީފަ އެވެ.

ސްކޭމް ކުރުން ހުއްޓުވުމަށްޓަކައި މިއަހަރުގެ އޭޕްރިލް މަހު ފުލުހުން ވަނީ މަލްޓި އޭޖެންސީ ޓާސްކް ފޯހެއް ވެސް އެކުލަވާލާފަ އެވެ.ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި މިދިޔަ އަހަރު ފުލުހުންނަށް ވަނީ 23 މިލިއަން ރުފިޔާގެ ފައިސާ ހިމެނޭ 998 މައްސަލަ ހުށަހަޅާފަ އެވެ.


More from Hurihaa.mv