ރައީސް ނަޝީދާއި ގާސިމްގެ ގުޅުމެއް ނުކެނޑޭ: ޖޭޕީ

Thu, 08 Jun 2023 06:44 PM

View on this article on Hurihaa.mv

ރައީސް ނަޝީދާއި ގާސިމްގެ ގުޅުމެއް ނުކެނޑޭ: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް އާ ދެމެދު އޮތް ގުޅުން ނުކެނޑެ ކަމަށާ ރައީސް ނަޝީދާއި އެކު ކުރަމުން އައި މަޝްވަރަތައް ކުރިއަށްދަނެ ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ގާސިމް އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ވަނީ މަޝްވަރާ ބައްދަލުވުންތައް ފަށާފަ އެވެ.

އެހެން ނަމަވެސް މިމަހުގެ 2 ވަނަ ދުވަހު ގަސިމްގެ ހިއްސާ އޮންނަ ޓީވީ ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ފާދުވިދަލުވެފަ އެވެ.

އެދުވަހުގެ އިންޓަވިއުގައި ގާސިމް ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ ގާސިމް މެދުވެރިވެ އަނެއްކާވެސް ވެރިކަމަށް އަންނަން ކަމަށެވެ. ރައީސް ނަޝީދަކީ އެހެން މީހަކަށް ވެރިކަން ދީގެން ބަލަން ހުރެވޭނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި ގާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ނަޝިދުއާ ދެމެދު އޮތް ގުޅުން ނުކެންޑެ ކަމަށެވެ. އަދި ރައީސް ނަޝީދާއި އެކު ރިޔާސީ އިންތިހާބަށް ފަށަފައިވާ މަޝްވަރަތައް ކުރިއަށް ގެންދާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ އެދުވަހުގެ އިންޓަވިއުގައި ރައީސް ނަޝީދު އާއި ބެހޭގޮތުން ގާސިމް ދެއްކެވި ވާހަކަ ތަކަކީ ވަކި ކަމަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް ކަމަށެވެ. އެކަމުން ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް ނާންނަ ކަމަށް އިލްހާމް ވިދޅަުވި އެވެ.

ރައީސް ނަޝީދާއި އަޅުގަނޑުމެންނާ ގުޅުން ކެނޑިގެން ނުދޭ، ރައީސް ނަޝީދާ މަޝްވަރާ އަދިވެސް ދާނީ ކުރިއަށް، އަދި އެހެން ސިޔާސީ ޕާޓީތަކާއެކު ވެސް، އެއްވެސް ކަހަލަ މައްސަަލައެއް އެއްވެސް ސިޔާސީ ޕާޓީއަކާ ދޭތެރޭގަ ނެތް، އަދި ރައީސް ނަޝީދާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް މި ޕާޓީ ތައްޔާރުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އިލްހާމް ވިދާޅުވި އެވެ.

ގާސިމް އިބްރާހީމް އާއި ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި އެއްކޮށް ނުކުންނަވާފާނެ ކަމަށްވެސް އޭރު ވަނީ އަޑުފެތުރިފަ އެވެ. އެހެން ނަމަވެސް ޖޭޕީ އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ކުރިއަށް ގެންދިޔަ މަޗްވަރަތައް ވަނީ ހުއްޓިފައެވެ.

މިހާރު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދަ ޑިމޮކްރެޓްސް ނަމުގައި ވަކި ސިޔާސީ ޕާޓީ އެއް އުފެއްދެވުމަށެވެ. އަދި އެޕާޓީން ރިޔާސީ ކެންޑީޑޭޓެއްވެސް ނެރޭނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ޖޭޕީ އާއި އެކު މަޝްވަރަތަށް ކުރަމުން ދިޔަ އިރު ފިކުރެއްގެ ދިރުމާއި ޖޭޕީން އެކުގައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ އޭރު ފަށާފަ އެވެ.



More from Hurihaa.mv