ޓްރީ ޓޮޕް ހޮސްޕިޓަލަށް އެސްޓާ މެޑްސިޓީ ހޮސްޕިޓަލުން ވިޒިޓިން ޑޮކްޓަރުން އަންނަނީ

Thu, 08 Jun 2023 04:11 PM

View on this article on Hurihaa.mv

ޓްރީ ޓޮޕް ހޮސްޕިޓަލަށް އެސްޓާ މެޑްސިޓީ ހޮސްޕިޓަލުން ވިޒިޓިން ޑޮކްޓަރުން އަންނަނީ

ޓްރީ ޓޮޕް ހޮސްޕިޓަލަށް އިންޑިއާގެ މަޝްހޫރު އެސްޓާ މެޑްސިޓީ ހޮސްޕިޓަލުން ވިޒިޓިން ޑޮކްޓަރުން ގެންނަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި އެއްބަސްވުމުގައި ސްޕެޝަލައިޒްޑް ޑޮކްޓަރުން ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް އެސްޓާ މެޑްސިޓީ މެދުވެރިކޮށް އަންނަ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިޒިޓިން ޑޮކްޓަރުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަލި މީހުން ބަލާނެ ކަމަށެވެ.

މިގޮތުން މި އެއްބަސްވުމުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލަށް އަންނަން ހަމަޖެހިފައިވާ ސްޕެޝަލިޓީތަކުގެ ތެރޭގައި ޔޫރޮލޮޖީ، ނިއުރޮލޮޖީ، އެނެސްތެސިއޮލޮޖީ، ޕަލްމޮނޮލޮޖީ، ޕީޑިއޭޓްރިކް އޯތޮޕެޑިކް ސާޖަރީ، ހެމަޓޮލޮޖީ، އޮޓޯރިނޮލަރިންގޮލޮޖީ (އީއެންޓީ)، އޯތޯޕެޑިކް ސާޖަރީ، އޯތޮޑޮންޓިކްސް އަދި ކުރިއަށް އޮތްތަނުގައި ބޭނުންވެދާނެ އެހެން ސްޕެޝަލިޓީތައް ވެސް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.



More from Hurihaa.mv