241 ކޮމިޓީން އެދިއްޖެ ނަމަ ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހިއްސާ ކުރާނަން: ސަރުކާރު

Thu, 08 Jun 2023 03:54 PM

View on this article on Hurihaa.mv

241 ކޮމިޓީން އެދިއްޖެ ނަމަ ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހިއްސާ ކުރާނަން: ސަރުކާރު

ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ކަމަށް ބުނާ ސިޓީފުޅު ހޯއްދެއްވުމަށް 241 ކޮމެޓީން އެދިއްޖެނަމަ އެސިޓީ އެކޮމެޓީއަށް ހިއްސާ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ ހިނގާ އެފަދަ މުއާމަލާތްތައް އަބަދުވެސް އޮންނާނީ ސިއްރުކޮށް ކަމަށެވެ. އެހެން ނަމަވެސް ކޮމެޓީއިން އެކަމަށް އެދިއްޖެ ނަމަ ސިޓީ ކޮމެޓީއަށް ހިއްސާ ކުރައްވާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެ ނަމަ ކޮމެޓީއަށް ސިޓީ ހިއްސާ ކުރައްވާނެ. މިއީ ސިއްރިޔާތުގައި ހިނގާ ކަންކަމެއް ނޫން. ރާއްޖެއިން ހުށަހެޅީ ޑޮކިއުމަންޓްތައް ވެސް އިޓޮލޮސްގެ ވެބްސައިޓުގައި ވެސް ހުންނާނެ ފެންނަން،" މިއުވާން ވިދާޅުވި އެވެ.

އިމުގެ މައްސަލާގައި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް ބުނަނީ ސިޔާސީ ވާހަކަ ދައްކައި އޮޅުވާލަން ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުން އިއްޔެ ރައީސް އޮފީހަށް ވަޑައިގަތެވެ. އޭތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.

ރައީސް އޮފީހުން އޭރު ވެސް ބުނެފައި ވަނީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވި ކޮމިޓީތަކުގެ މަސައްކަތް ފެށުމުން ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވިކަމަށް ބުނާ ސިޓީފުޅު ހޯއްދެއްވުމަށް 241 ކޮމެޓީން އެދޭނެ ކަމަށެވެ.



More from Hurihaa.mv