ރިއްފަތުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވި މަޖިލީސް މެދުކަނޑާލައިފި

Mon, 05 Jun 2023 11:48 AM

View on this article on Hurihaa.mv

ރިއްފަތުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވި މަޖިލީސް މެދުކަނޑާލައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ އްމައްސަލަ ކުރިއަށް ނުގެންދެވި މިއަދުގެ ޖަލްސާ މެދުކަޑާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ބަންޑާރަ ނާއިބު ހާޒިރުވެ އިންނެވި އެވެ. މިއީ މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ދެ ވަނަ ފަހަރެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުންނާއި ސަރުކާރަށް ތައީދުކުރާ އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް ތަޅުމުގައި އަޑުގަދަކުރައްވައި މުޅި ޖަލްސާ ހަލަބޮލިކޮށްލާފަ އެވެ.

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އެ މެމްބަރުން އަޑުގަދަކުރައްވަމުން ގެންދިއުމުން އޭޖީއަށް ޖަވާބުދާރީވުމުގެ ފުރުސަތު އަދި ރިޔާސަތަކުން ނުދެ އެވެ.

މަޖިލީހުގެ ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވަން ކަމަށް ވިދާޅުވެ، އިރުކޮޅެއް ފަހުން މަޖިލިސް ރައީސް ޖަލްސާ މެދުކަނޑުއްވައިލެއްވި އެވެ.

ބަންޑާރަ ނައިބާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.

މި މައްސަލަ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ. އެހެން ނަމަވެސް އެ ދުވަހުގެ ޖަލްސާއަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަޑައިގެންފައެއް ނުވެ އެވެ. ރިއްފަތު މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ފޮނުވުމުން ޖަލްސާގައި އެ މައްސަލަ ކުރިއަށް ނުގެންދެވިނެވެ.



More from Hurihaa.mv