ފޮރިން މިނިސްޓަރު ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ބައްދަލުކުރައްވައިފި

Fri, 10 May 2024 12:55 PM

View on this article on Hoara Online

ފޮރިން މިނިސްޓަރު ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިއު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ދިވެހިންނާ ބައްދަލުކުރެއްވީ ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި ޚާރިޖީ ވަޒީރުގެ ޝަރަފުގައި އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަރު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.

މި ހަފްލާގައި ދިއްލީގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި، އެކި ބޭނުންތަކުގައި އެސިޓީގައި މިވަގުތު ތިބި ބައެއް ދިވެހިން ބައިވެރިވި އެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން މިނިސްޓަރު ވަނީ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވާފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވެސް ވަޑައިގަންނަވާފަ އެވެ.
 





More from Hoara Online