މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 8 ދިވެހިން ހައްޔަރުކޮށްފި

Thu, 09 May 2024 11:53 PM

View on this article on Hoara Online

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 8 ދިވެހިން ހައްޔަރުކޮށްފި
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮޕަރޭޝަން ހިންގީ ހުޅުމާލެ ފޭސް އެެކެއް ގައެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް އިން ހުޅުމާލެ ފޭސް އެެކެއް ގަ މިރޭގެ ވަގުތެއް ގައި ޑްރަގް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ގައި 8 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ހަތް ފިރިހެނުންނާއި އަންހެނެކެވެ.

އިތުރު ތަފްސީލެއް ނުދެ އެވެ. ބުނީ މި މައްސަލަ ފުލުހުން ތަހުޤީގުކުރަމުން އަންނަ މަކަށެވެ.




 




More from Hoara Online