ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފި

Thu, 09 May 2024 11:35 PM

View on this article on Hoara Online

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފި
‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ "ދަ ބޭސިކް ސްކޫލް"ގެ ފަރާތުން ކުރިއަށްގެންދިޔަ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު، ބައިވެރިވެވަޑައިގެންފި އެވެ. ‏


ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް 130 ދަރިވަރުން ފެށި ނަމަވެސް ކޯސް ފުރިހަމަކޮށް ހުވާކޮށްފައިވަނީ 98 ދަރިވަރުންނެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުންނާ ހުވާލާދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ.

މި ކޯސް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ގޮތުން ޕާސިން އައުޓް ޕެރޭޑް މިދިޔަ މަހު ވަނީ ބާއްވާފަ އެވެ.

70 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 28 އޮކްޓޯބަރު 2023 އިން ފެށިގެން ފަސް މަސް ދުވަހުގެ ނިޔަލަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގަ އެވެ. 





More from Hoara Online