ޒިކުރާ މިސްކިތުގެ އައު ޑިޒައިން ދައްކާލައިފި

Thu, 09 May 2024 11:27 PM

View on this article on Hoara Online

ޒިކުރާ މިސްކިތުގެ އައު ޑިޒައިން ދައްކާލައިފި
ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭ ގެ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނެ ގޮތުގެ ކުރެހުމެއް ހިއްސާ ކުރައްވާފައެވެ.



ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ހިލޭ އެހީގައި އަޅަނީ ތިން ބުރީގެ މިސްކިތެކެވެ.

އެތަނުގައި އެސްޖޭގެ ހަރަދުގައި ތިން ބުރީގެ މިސްކިތެއް އަޅަން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މާލޭގެ އިތުރު ދެ މިސްކިތް އަޅަންވެސް ސަރުކާރުން ބަޔަކާއި ހަވާލު ކޮށްފައި ވެއެވެ.

ސަރުކާރު އުފެދުނު ފަހުން / މިނިސްޓަރު ޝަހީމްގެ ވަޒީރު ކަމުގައި މިސްކިތްތައް ބިނާ ކުރުމާއި މިސްކިތްތައް އާބާތުރަފިލުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާ ކުރުމަށް ފުރުސަތުތައް ވެސް ތަނަވަސް ކޮށް ދެއްވައެވެ.





More from Hoara Online