މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްރޫއެއް

Thu, 09 May 2024 11:15 PM

View on this article on Hoara Online

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްރޫއެއް
މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން މަޝްރޫއެއް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިސްނަގައިގެން އެމްއެންޑީއެފް އާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ގުޅިގެންނެވެ.



މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު، ވެސްޓް ޕާކް ކައިރިން މިއަދު އެ މަޝްރޫއު ފައްޓަވައިދެއްވީ އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އެވެ.

މި މަޝްރޫއު ސިފައިން އަދި އާރްޑީސީއިން ކުރިއަށް ގެންދަނީ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ހިލޭ މަސައްކަތް ކުރާ ގޮތަށެވެ.

މާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވާފަ އެވެ.

މިދިޔަ ޑިސެމްބަރުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.




More from Hoara Online