ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ފުރުސަތެއް

Thu, 09 May 2024 02:21 PM

View on this article on Hoara Online

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ފުރުސަތެއް
އަންނަ މަހު ފަށާ ޔުއެފާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލަން ފުރުސަތު ދޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ކުރިއަށްދާނީ ޖޫން 14 އިން ޖުލައި 14 އަށް ޖަރުމަނުގަ އެވެ.



ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިން ވެސް ތައާރަފްކޮށްފަ އެވެ.

މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ 6 އަދަދުގެ ކޯޑު "2626"އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. 

މި ޕްރޮމޯޝަނުގެ ފުރަތަމަ ލަކީޑްރޯ ނެގުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. އެއަށްފަހު، ކޮންމެ ދެދުވަހުން އެއް ދުވަހަކު ނަސީބު ވެރިން ހޮވާނެ އެވެ. މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އައިސް ޓީވީން ލައިވްކޮށް ދައްކާނެ އެވެ.

ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ، ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާ އެއް ގެނެސްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާއިރު ކުރިއަށް އޮތް ތަނުގައިވެސް މި މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލްމީޑިއާ ޕޭޖުތަކުން އިއުލާން ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.



More from Hoara Online